26/6/2011 ޤުރްއާން ޑޮޓް އެމްވީ އިތުރަށް ހަލުވި ކުރުން
މި ވެބްސައިޓް އިތުރަށް ހަލުވި ކުރުމަށްޓަކައި މިއަދު ވަނީ ގިނަ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން އާޔަތްތަކާއި ސޫރަތްތައް ލޯޑް ކުރުމުގައި މުޅިޕޭޖް އެއްކޮށް ލޯޑްކުރުމުގެ ބަދަލުގައި ހަމައެކަނި އެއާޔަތް ނުވަތަ ސޫރަތް ލޯޑް ކުރެވޭނެއެވެ. އަލަށް މިގެނެވުނު ބަދަލާއެކު ސައިޓުގެ ޔޫއާރް އެލް ބޭނުންކޮށްގެން އާޔަތް ނުވަތަ ސޫރަތް ލޯޑް ކުރުމަށްވެސް ވާނީ ބަދަލު ގެނެވިފައެވެ.
25/2/2011 ޤުރުއާން ޑޮޓް އެމްވީ ވަރޝަން ދޭއް ތަޢާރަފްކުރުން
މިވަރޝަންގައި ސައިޓުގެ ބައެއް ހިސާބުތައް ވަނީ ރިޑިސައިން ކުރެވި އަދި ކިޔާލަން ފަސޭ ގޮތަކަށް ސައިޓުގެ ފަރުމާ ބަދަލުކުރެވިފައެވެ.
23/2/2011 ދިވެހި އަދި ޢަރަބި ފެންނަ ނުފެންނަ ގޮތަށް ހެދޭނެ ގޮތް ތަޢާރަފްކުރުން. އަދި އާޔަތް ޢަރަބި އަކުރުން ފެންނާނެ ގޮތް
މިވަސީލަތްތައް ބޭނުން ކުރުމަށް ސޫރަތެއް ބައްލަވަމުން ދާއިރު މެނޫގެ އެންމެ ވާތްފަރާތުގައިވާ ބަޓަންއަށް ފިތްތާލުމުން މި ވަސީލަތްތަކާ ބެހޭ ކޮންޓްރޯލްތައް ފެންނާނެއެވެ.
ސަމާލުކަމަށް: މިވަސީލަތްތައް އަދި މިވަނީ އަޖުމަ ބެލުމުގެ މަރުޙަލާއެއްގައެވެ. ވީމާ އެއްވެސް ކަހަލަ މައްސަލައެއް ދިމާވާނަމަ އަޅުގަނޑުމެންނަށް އެކަން އަންގަވައިދެއްވުން އެދެމެވެ.
22/11/2010 ރެޖިސްޓަރ ކުރުމުގެ ޚިދުމަތް ތައާރަފް ކުރުން. ރެޖިސްޓަރ ކުރުމުން ކިޔަމުން ދާ އާޔަތް އޮޓޯއިން ސޭވް ކުރެވޭނެއެވެ. އަދި ލޮގިން ކުރުމުން އެންމެފަހުން ކިޔަމުން ދިޔަ އާޔަތް ލޯޑް ވާނެއެވެ.
5/11/2010 ވަކި ވަކި އާޔަތް ބަލާއިރު އެރޯ ކީގެ ބޭނުން ހިފޭނެ ގޮތް ހެދުން. މިސާލަކަށް http://quran.mv/1/2 ބަލާއިރު ކަނާތް ފަރާތުގެ އެރޯ ކީ އަށް ފިއްތުމުން ޖެހިގެން އިންނަ އާޔަތް ލޯޑް ވާނެއެވެ. އަދި ވާތް ފަރާތުގެ އެރޯއަށް ފިއްތުމުން ކުރީގެ އާޔަތް ލޯޑް ވާނެއެވެ.
4/11/2010 ވަކި ވަކި އާޔަތް ނެވިގޭޓް ކުރެވޭނެ ގޮތްހެދުން
1/11/2010 އާޔަތް ވަކި ވަކިން އޯޑިއޯ ޕްލޭކުރެވޭނޭ ގޮތް ހެދުން
30/10/2010 ކިޔުންތެރިންގެ އެދިލެއްވުމުގެ މަތިން އިނގިރޭސި ތަރުޖަމާ ހިލާލީ އަދި މުޙްސިން ޚާން ގެ ތަރުޖަމާ އަށް ބަދަލުކުރުން
30/10/2010 ކިޔުންތެރިންގެ އެދިލެއްވުމުގެ މަތިން ކަނާތްފަރާތުގައިވާ ސޫރަތްތަކުގެ ލިސްޓް ދިވެހި ބަހަށް ބަދަލުކުރުން